އިންޑިއާގައި ހަދަމުން ދިޔަ އިމާރާތެއް ވެއްޓި އަށް މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ހަދަމުން ދިޔަ އެ އިމާރާތް ވެއްޓުމުގެ ސަބަބުން އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ހަބުރީގެ އެ އިމާރާތް ވެއްޓުމުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި 21 މީހުން މަސައްކަތް ކުރަމުން ދިޔަ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ އިރު، އެ އިމާރާތުން ފުރަތަމަ ވެއްޓިފައިވަނީ ފުރަތަމަ ފަންގިފިލާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
ހާދިސާގެ ތަހުގީގު ފަށާފައިވާ އިރު، މިހާތަނަށް ބެލި ބެލުމުން އިމާރާތް ކުރުމުގެ ހުއްދަ ދީފައިވަނީ ހަތަރު ބުރިޔަށް ކަމަށާއި އެމީހުން ދިޔައީ އެ އިމާރާތް ހަތް ބުރިއަށް ނެގުމަށް މަސައްކަތް ކުރަމުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ތަހުގީގަށް އިމާރާތް ކުރުމުގައި ހަރަކާތްތެރިވި ކުންފުނީގެ ވެރިޔާ އާއި އިމާރާތުގެ ވެރިޔާ ވަނީ ހައްޔަރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ