ނައިޖީރިއާގައި ތެޔޮ ޓޭންކަރެއް ގޮވައި 147 މީހުން މަރުވެއްޖެއެވެ.
ނައިޖީރިއާގެ ފުލުހުން ވަނީ އެ ގައުމުގެ ޖިގާވާ ސްޓޭޓްގެ މައި މަގެއްގައި ހިނގި އެ ހާދިސާގައި އެހާ ގިނަ އަދަދެއްގެ ބަޔަކު މަރުވީ އެ ސަރަހައްދުން ދުއްވި ތެޔޮ ޓޭންކަރެއްް އެކްސިޑެންޓުވެ މަގުމައްޗަށް ފުރޮޅާލުމުގެ ސަބަބުން އޭގެން ފޭބި ތެޔޮ ހޯދުމަށް ބަޔަކު އެއްވުމުން ކަމަށެވެ.
އެގޮތުން ހާދިސާ ހިނގި ވަގުތު ޓޭންކަރު ކައިރީގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު ދެނެނުގަނެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ބުންޏެވެ.
އެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ފުލުހުން ވަނީ ޓޭންކަރު އެންސިޑެންޓު ވެފައިވަނީ ޓޭންކަރު ބާރު ސްޕީޑެއްގައި ދުއްވަމުން ދަނިކޮށް ކުރިމައްޗަށް އެރި އުޅަނދަކުން ނެއްޓެން މަސައްކަތް ކުރަނިކޮށް އަރިއަޅާލުމުން ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ