އިރާނަށް ހަމަލާ ދޭން ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ އެހެން ވިދާޅުވީ އިރާނުގެ ސަރުކާރުގެ އޮފިޝަލު އައްބާސް އަރާޗީ އާއެކު މިސްރުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
އައިމަން ވިދާޅުވީ، އެ ގައުމުން އެހެން އެއްވެސް ގައުމަކަށް ޖޯޑަންގެ އަމިއްލަވަންތަކަމާއި ވައިގެ ސަރަހައްދާއި އެ ގައުމުގެ އާންމުންގެ ސަލާމަތީ ކަންކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އިސްރާއީލުން ގާޒާއާއި ލުބުނާނުގައި ހިންގަމުންގެންދާ ނަސްލެއް ނައްތާލުމުގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
އިރާނުން އިސްރާއީލަށް މި މަހުގެ ކުރީކޮޅު ދިން ވަރުގަދަ ހަމަލާއަށްފަހު އިސްރާއީލުން އިރާނަށް ބަދަލުހިފުމަށް ހަމަލާ ދޭން ތައްޔާރުވަމުން އަންނަ ކަމަށް އޮފިޝަލުން ބުނާއިރު އިރާން ވަނީ އެންމެ މަތީ އެލާޓް ނެރެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ