ދުނިޔޭގެ ސަތަހައަށް ވަދެފައިވާ ކޮމެޓް ރާއްޖޭގެ ސަރަހައްދަށް ފެންނަން ފަށައިފިއެވެ.
ދުނިޔޭގެ ސަތަހައަށް ވަދެފައިވާ ކޮމެޓް "ސީ/2023 އޭ3" ފެންނަން ހުންނާނީ ހުޅަނގުފަރާތުން އިރުއޮއްސޭ ވަގުތުން ފެށިގެން 30 މިނެޓާއި 45 މިނެޓާ ދެމެދުގައި ކަމަށް ފަލަކީ ކަންކަމުގެ މާހިރުން ބުނެއެވެ.
ރާއްޖެ ސަރަހައްދަށް އެ ކޮމެޓް ފެންނަން ފަށާފައިވާ އިރު، "ވަން"ގެ ނޫސްވެރިންނަށް ވަނީ މިރޭ އެ ކޮމެޓް ފޮޓޯ ނެގުމުގެ ފުރުސަތު ލިބިފައެވެ. އައިފޯނު ބޭނުންކޮށްގެން ކޮމެޓް "ސީ/2023 އޭ3"ގެ އެ ފޮޓޯ ނަގާފައިވަނީ ފުވައްމުލަކުގެ ނެރުގަނޑާ ދިމާލުންނެވެ. ފޮޓޯ ނެގި ވަގުތު އެ ކޮމެޓް ހަމަލޮލަށްވެސް ފެންނަން ހުރިކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް މިއަދު ކޮމެޓް ފެނުނު އިރު، ދުރުމިން ހުރީ ދުނިޔެއާ 384،466،528 ކިލޯމީޓަރު ދުރުގައެވެ.
ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އެކްސް މެދުވެރިކޮށް، ކޮމެޓް "ސީ/2023 އޭ3"ގެ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. ރައީސް މައުމޫންގެ އެކްސް ޕޯސްޓްގައި ވަނީ ރާއްޖެއަށް މި މަސް ހުސްވަންދެން ކޮންމެ ދުވަހެއްގެ އިރު އޮއްސޭތާ 45 ވަރަކަށް މިނެޓްފަހުން ހުޅަނގު އުދަރެހުގެ ވަރަށް ތިރިން އެ ދުންތަރި ފެންނާނެ ކަމަށް ފާހަގަކުރައްވައިފައެވެ.
ދުނިޔޭގެ ސަތަހައިގައި ކޮމެޓް "ސީ/2023 އޭ3" ދައުރުކުރުމަށްފަހު މިމަސް ނިމޭ ފަހުން ދެން އެ ކޮމެޓް މިސްރާބު ޖަހާނީ އިރުގެ ސަތަހައަށް ކަމަށް ސައިންސްވެރިން ބުނެއެވެ. ނާސާއިން ލަފާކުރާ ގޮތުގައި، މި އެސްޓްރޮއިޑް ދުނިޔޭގެ ސަތަހައަށް ދެން ވަންނާނީ 80،000 އަހަރު ފަހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު