އިންސާނުން ހަނދާއި މާސްއަށް ގެންދިއުމަށް ސްޕޭސް އެކްސް އިން އުފެއްދި ރޮކެޓް ޓެސްޓު ކޮށްފިއެވެ.
ސްޕޭސް އެކްސްއިން އިއްޔެ ކުރި އެ ޓެސްޓުގައި މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ ވަރުގަދަ ސްޕޭސް ޝިޕް ''ސްޓާޝިޕް'' އުދުއްސާލާފައިވަނީ އެމެރިކާގެ ޓެކްސަސްގައި ހުންނަ ސްޓާ ބޭސް ފެސިލިޓީގައެވެ.
ސްޕޭސް އެކްސް އިން އުފެއްދި ''ސްޓާޝިޕް'' އުދުއްސާލާފައި ވަނީ އެކަމަށް ހާއްސަ ކޮށްފައިވާ ސްޓްރަކްޗާއެއް ބޭނުން ކޮށްގެންނެވެ. އަދި ޓެސްޓު ދަތުރަށްފަހު ރޮކެޓް ވަނީ އަނބުރާ އެސްޓްރަކްޗާއަށް ތިރިކޮށް ޓެސްޓު ކާމިޔާބު ކޮށްފައެވެ.
ސްޕޭސް އެކްސް އިން ވަނީ ''ސްޓާޝިޕް''ގައި ހުންނަ ހަ އިންޖީނު ބޭނުންކޮށްގެން ރޮކެޓް ވައްޓާނުލައި ރައްކާތެރިކަމާއެކު ތިރިކޮށްފައެވެ. ތިރިކުރަން ބޭނުންކުރާ ސްޓްރާކްޗާގައި ރޮކެޓް ހިފަހައްޓާލުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ސްޕޭސް އެކްސް އިން ބުނެއެވެ.
''ސްޓާޝިޕް'' ބޭނުން ކޮށްގެން ނާސާގެ އެސްޓްރަނައުޓުން 2026 ވަނަ އަހަރު ހަނދަށް އުފުލުމަށް ސްޕޭސް އެކްސް އިން ވަނީ ރާވައިފައެވެ. އެމަސައްކަތަށް 4 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ސްޕޭސް އެކްސްއިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ