ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މަރާމާތުގެ މަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރަންވޭގެ މަރާމާތަށް ކޫއްޑޫ އެއާޕޯޓު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
މިނިސްޓަރު އަމީން "ވަން" އަށް މިއަދު ވިދާޅުވީ، ކޫއްޑޫ އެއާޕޯޓުގެ ރަންވޭ އޮތީ މެއިންޓަނެންސް ކުރަން ޖެހޭ ވަރަށް ނުކޮށް ކަމަށާއި އެކަމުގެ ސަބަބުން ރަންވޭއިން ހިލަތައް ނެއްޓި، އެތަކެތި ފްލައިޓުގެ އިންޖީނަށް ގޮސްގެން މައްސަލަތައް ކުރިމަތިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކޫއްޑޫ ރަންވޭއަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށެވެ.
"ދާއިމީ ހައްލެއް ބޭނުންވަނީ. އަލުން އެއްކޮށް ރަންވޭ މަރާމާތުކުރަން ޖެހޭ. ނަމަވެސް މި ވަގުތަށް ވަގުތީ ހައްލެއް މި ހޯދަނީ. މިހާރަށް މި ހަދާ ގޮތަކީ ވަޅުތައް އަލުން މި ބައްދަނީ، ދެތިން ދުވަހެއްގެ ތެރޭގައި ނިމޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ކުއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން އެެ އެއާޕޯޓުގެ ރަންވޭ ވަނީ ބޮޑެތި ބޯޓުތަކަށް ޖެއްސޭ ގޮތަށް 2017 ވަނަ އަހަރު ބޮޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު