ރާއްޖޭގެ ޓެކްސް ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ވޯލްޑް ބޭންކުން ހުށަހަޅައިފިއެވެ.
އެ ބޭންކުން އާންމުކުރި "ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންޓް ޓާމްސް" ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބެން ޖެހޭ ޓެކްސް ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ލިބިފައެއް ނުވެއެވެ.
ވޯލްޑް ބޭންކުން އެ ރިޕޯޓުގައި ބުނީ، ރާއްޖެއިން ބޭރުގައި ހިންގާ އޮންލައިން ޕްލެޓްފޯމްތަކުން ރާއްޖޭގެ ޓޫރިޒަމް ޕެކޭޖްތައް ވިއްކާ އިރު، އެކަމުން ޓެކްސް ނުނަގާ ކަމަށާއި އެކަން ހައްލުކުރުމަށް ބޭސް އިރޯޝަން ޕްރޮފިޓް ޝިފްޓިން ޕްރޮޖެކްޓްގެ އޮނިގަނޑު ބޭނުންކުރަން ޖެހޭ ކަމަށެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖޭގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނެގުމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަލައިގެން ޓެކްސް ނަގަން ފަށަން ޖެހޭ ކަމަށެވެ،
"ފުރަތަމަ ގޮތަކީ އޮފްޝޯ ޕްލެޓްފޯމްތަކުގެ މެދުގައި ގުޅުމެއް ގާއިމުކުރެވޭނެ ގޮތެއް ހޯދުން. އަދި އެފަދަ ބުކިން ޓްރާންސެކްޝަންތަކުގެ އަގުގެ މައްޗަށް ސީދާ (އަދި ނުސީދާގޮތުން) ޓެކްސް ނެގުމުގެ ހައްގުތައް ރާއްޖެއިން ހޯދުންް" ވޯލްޑް ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކުން ބުނީ ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ރާއްޖޭގައި ދާއިމީ ވިޔަފާރީގެ ގޮފިތައް ގާއިމުކުރުން ލާޒިމުކުރަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު