ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ފުރަތަމަ ސްކީމަށް ކުރިމަތި ލުމުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕްރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.
ބީސީސީން އިއްޔެ މިޑިޔާތަކަށް ބުނީ އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ގާއިމް ކޮށްފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސްކީމް މިއަދު ހުޅުވާލާނެ ކަމަށެވެ.
އެ ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި މީޑިއާ ކޮންޓެންޓް އުފެއްދުން ފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ. އެ ސްކީމުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ.
އެ ސްކީމަށް ކުރިމަތިލާ ކޮންމެ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސެއް ކަމުގައިވާން ޖެހޭނެއެވެ. އެއީ އެންމެކުދި ނުވަތަ ކުދި ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރާއްޖޭގެ ވިޔަފާރިތަކުގެ ދަފްތަރުގައި ނުވަތަ ބީސީސީން ބަލަހައްޓާ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމަށް ވެސް ވާން ޖެހޭ ކަމަށް ބީސީސީން ބުންޏެވެ.
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރުގައި އެ ކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ދަފްތަރު ވުމުގެ ފުރުސަތު ވަނީ މި އަހަރުގެ ސެޕްޓެންބަރު 27 އިން ފެށިގެން ހުޅުވައިލައިފައެވެ.
އެ ޕޯޓަލްގެ ލިންކު ބީސީސީގެ ސޯޝަލް މީޑިއާ ތަކުންނާއި ބީސީސީގެ [ވެބްސައިޓް](www.bcc.mv ) އިން ފެންނަން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު