މާދަމާ ހިފާ އިރުކޭތައަކީ އެނޫލާ އިރު ކޭތައެކެވެ.
މާދަމާ ހިފާ އެނޫލާ އިރުކޭތަ ނުވަތަ ބޮޅު އިރުކޭތަ ހިފާ އިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ފުރިހަމައަށް ރަހަވާނެއެވެ. މާދަމާ ފުރިހަމަ އިރުކޭތަ ފެންނަ ވަގުތު އިރުގެ ކުރިމަތީގައި ހަނދު ދުނިޔެއާ އެއް ސަފަކަށް ސީދާ ރަހަވެ، ހަނދުގެ ވަށައިގެން އިރުގެ އަލި ފެންނާނީ ވަށް ބުރެއް ހެންނެވެ.
މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެއެވެ. އިރުކޭތަ ފުރިހަމައަށް ފެންނާނީ ސައުތު އެމެރިކާގެ ބައެއް ސަރަހައްދުތަކަށެވެ. އަދި ފަޅި އިރުކޭތައެއް ސައުތު އެމެރިކާގެ އިތުރުން އެންޓާކްޓިކާ އާއި ނޯތު އެމެރިކާއަށް ފެންނާނެއެވެ.
މާދަމާގެ އިރުކޭތަ އަށްފަހު ދެން އިރުކޭތައެއް އެންމެ އަވަހަށް ހިފާނީ އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ރާއްޖެއަށް އެންމެ އަވަހަށްވެސް އިރުކޭތައެއް ފެންނާނީ 2027 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ހިފާ އިރުކޭތައެވެ. ދެން އެންމެ އަވަހަށް ހަނދު ކޭތައެއް ރާއްޖެއަށް ފެންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ހިފާ ފުރިހަމަ ހަނދުކޭތައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ