ކުދި ވިޔަފާރިތަކަށް މުދާ ގުދަން ކުރެވޭނެ އިމާރާތެއް ހަދަން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ނިންމައިފިއެވެ.
ބީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މުދާ ގުދަން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ އިމާރާތް ހަދަން ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ.
އެފަދަ އިމާރާތެއް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ބީސީސީން ފުރުސަތު ހުޅުވާލާފައިވާއިރު އިމާރާތް ހަދާނީ ޕާޓްނާޝިޕް އުސޫލުން، ކޮންޓްރެކްޓާ ފައިނޭންސިން، ޖޮއިންޓް ވެންޗާ ނުވަތަ ލީސް މޮޑެލް ހިމެނޭ ގޮތަށެވެ.
އަދި އިމާރާތުގެ ފަރުމާ، އިންޖިނިއަރިން، ކޮންސްޓްރަކްޝަން އަދި ފެސިލިޓީ ހިންގާނެ ގޮތުގެ ތަފުސީލު ހުށަހަޅަން ޖެހެނީވެސް އެ އިމާރާތުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު