އާ ވައްތަރެއްގެ ގޯސްޓް ޝާކެއް ސައިންސުވެރިން ހޯދައިފިއެވެ.

ކަނޑުގެ ފުން ސަރަހައްދެއްގައި ދިރިއުޅޭ ކަމަށް ބެލެވޭ އާ ވައްތަރެއްގެ ގޯސްޓް ޝާކް ފެނިފައިވަނީ އޮސްޓްރޭލިއާ އާއި ނިއުޒިލެންޑް ހިމެނޭ ކަނޑުގެ ސަރަހައްދުން ކަމަށް ސައިންސުވެރިން ބުނެއެވެ.

ނިއުޒިލެންޑުގެ ސައިންސުވެރިންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ވާގޮތުން މީގެ ކުރިން ފެނިފައި ނުވާ އެބާވަތުގެ މަސް ގިނަ އަދަދަކަށް ކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭނެ ކަމަށް ބެލެވެއެވެ.

ގޯސްޓް ޝާކްގެ ނަމުން ނަންދީފައިވާ ކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ އެމަހުގެ ކުލަ އެކުލެވިފައިވަނީ މިޔަރާއި މަޑީގެ ސިފަތަކުން ކަމަށް ސައިންސުވެރިން ބުނެއެވެ.