ވިއްސާރައިގައި ޖަލުގެ ފާރު ވެއްޓުމުން ގައިދީންތަކެއް ފިލައިފިއެވެ.
ނައިޖީރިއާގެ ބުރޫނޫ ސްޓޭޓްގައި ހުންނަ ޖަލަކުން ފިލި މީހުންގެ އަދަދު 274 އަށް އަރާ ކަމަށް އެ ގައުމުގެ ކަރެކްޝަަނަލް ސާވިސް އިން ބުނެއެވެ.
ނައިޖީރިއާގެ ކަރެކްޝަނަލް ސާވިސް އިން ވަނީ އެ ގައިދީން ފިލާފައި ވަނީ ޖަލުގެ ފާރު ވެއްޓުމުގެ ސަބަބުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނިކޮށްކަމަށް ބުނެފައެވެ.
ޖަލުން ފިލި ހުރިހާ ގައިދީންގެ މައުލޫމާތު އެބަހުރި ކަމަށާއި އެމީހުން އަނބުރާ ޖަލަށް ގެނައުމުގެ މަސައްކަތް ކަރެކްޝަނަލް ސާވިސް އިން ކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ވިއްސާރައިގެ ސަބަބުން ނައިޖީރިއާއިން މިހާތަނަށް 269 މީހުން މަރުވެފައިވާއިރު 640،000 މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރުވެފައެވެ.
ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި މިހާތަނަށް ހާހަކަށް ވުރެން ގިނަ މީހުން މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ