ވިއްސާރައާ ގުޅިގެން މިޔަންމާއިން ބޭރުގެ އެހީއަށް އެދިއްޖެއެވެ.

މިޔަންމާ ސަރުކާރުން ބޭރުގެ އެހީއަށް އެދިފައި މިވަނީ، އެ ގައުމަށް ބާރުގަދަ ތޫފާން، ޔަގީ އެރުމުގެ ސަބަބުން އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކަށްފަހު ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޓަކައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގެ ރައީސްކަމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އެ ގައުމުގެ ޗީފް ޖުންޓާ ވަނީ ކާރިސާގެ މިވަގުތުގައި އެ ގައުމަށް ބޭރުގެ އެހީ ވަރަށް އަވަހަށް ލިބުން މުހިންމުކަމަށް ވިދާޅުވެފައެވެ.

މިޔަންމާއިން މިހާތަނަށް 235،000 މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު އަދި ކަށަވަރު ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

މިޔަންމާގައި 2021 ވަނަ އަހަރުން ފެށިގެން މިލިޓަރީ ވެރިކަމެއް ކުރަމުން އަންނަ އިރު އަވަށްޓެރި ގައުމުތަކުން ވަނީ އެގައުމު އެކަހެރިކޮށްފައެވެ.

މިޔަންމާގެ އެކި ކަންކަމުގައި އެހީވުމަށް މީގެ ކުރިން ވެސް ދުނިޔޭގެ އެކި ޖަމިއްޔާތަކުން ވަނީ އެހީވުމަށް އެދިފައެވެ. ނަމަވެސް އެ ގައުމުގެ މިލިޓަރީ ސަރުކާރުން ވަނީ އެކަމަށް ހުރަސް އަޅާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އދ ގެ އިދާރާތަކުން ވެސް ވަނީ އެ ގައުމާ ގުޅޭ ކަންކަމުގައި އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެވޭނެކަމަށް ބުނެފައެވެ.