މާވެލް ޔުނިވާސްގެ ތަފާތު ކެރެކްޓަރުތަކެއް ހިމެނޭ ގޮތަށް ކޮކާ-ކޯލާގެ ހާއްސަ އެޑިޝަން ޕެކޭޖިން ތައާރަފުކޮށްފިއެވެ.

ރާއްޖޭގައި ކުރިއަށްދާ 'ކޮކާ-ކޯލާ އެކްސް މާވެލް: ދަ ހީރޯސް' ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރެއް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި، ކޮކާ-ކޯލާ އާއި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވޮލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެއެވެ. ޕެކޭޖިންގައި ހުދު، ރަތް، އަދި ކަޅު ޓޯންގެ ބެލެންސްއާ އެކު ފާހަގަކޮށްލެވޭ ޑިޒައިންއެއް އެކުލެވިގެންވާ އިރު، ކޮންމެ އުފެއްދުމަކީ ވެސް ގޭގައި ހަނދާނަކަށް ބަހައްޓާލެވޭ ފަދަ އެއްޗަކަށް ވެގެންދެއެވެ.

ރާއްޖޭގައި ތިބި ފަރާތްތަކަށް މި ހާއްސަ އެޑިޝަންގައި ހިމެނޭ ކިއުއާރު ކޯޑުތައް ސްކޭންކޮށްލުމުން، ފުޅި އާއި ދަޅުގެ ޕެކެއްގައި ހިމެނޭ ކޮންމެ ބަތަލަކަށް ނުވަތަ ވިލަންއަކަށް އެކްސްކްލޫސިވް އޭއާރު އެނިމޭޝަން ތަޖުރިބާތައް ހުޅުވާލެވޭނެއެވެ. މި އިންޓަރެކްޓިވް ފީޗާގެ ސަބަބުން ފޭނުންނަށް އެމީހުން އެންމެ ގަޔާވާ ކެރެކްޓަރުތަކާ މުޅިން އާ ގޮތަކަށް ގުޅިލާމެހިގެން ގޮސް، މާވެލް ޔުނިވާސްއަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

ބައެއް ފިހާރަތަކުން ބޮޑު ދެ ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް މާވެލް ފްރިޖް މެގްނެޓެއް މުޅިން ހިލޭ ލިބޭ އިރު، މިއީ ކެމްޕޭނަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެކެވެ.

"މި ކެމްޕޭނަކީ ލޯބިވާ ދެ ގްލޯބަލް ބްރޭންޑެއް އެއްވެލައިގެން، ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ފަރާތްތަކަށް ހާއްސަ ކަމެއް ފޯރުކޮށްދިނުމުގެ ކެމްޕޭނެއް،" ކޮކާކޯލާގެ ސްރީ ލަންކާ އާއި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 138 އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފައެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެއެވެ.