ނިމިދިޔަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގާލާ އިވެންޓުގެ ތެރެއިން އެލައިޑް އިންޝުއަރަންސުން ތިން ފަރާތަކަށް ކޮމްޕްލިމެންޓަރީ އިންޝުއަރަންސް ޕްލޭން ހަދިޔާކޮށްފިއެވެ.
އަދާރަން ހުދުރަންފުށީގައި ކުރިއަށްދިޔަ އެ އިވެންޓްގެ ތެރެއިން ނަސީބުވެރިން ހޮވާފައި ވަނީ އިވެންޓަށް ދިޔަ ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ.
އެގޮތުން އެލައިޑްގެ އެންމެ ފުރިހަމަ، ޕްރިމިއަމް ވާލްވައިޑް ޓްރެވަލް ޕްލޭން ލިބިފައިވަނީ އިބްރާހިމް ވަހީދާއި އަލީ ނާހިޒް އަށެވެ. ހެލްތު އިންޝުއަރަންސް ޕްލޭންތަކުގެ ތެރެއިން، އެންމެ މަތީ ގިންތީގެ "ސިލެކްޓް ގޯލްޑް" ލިބިފައިވަނީ މުހައްމަދު މިރުސާދަށެވެ. އެލައިޑް އިންޝުއަރަންސްގެ ފަރާތުން އެ ޕްލޭންސް ހަވާލުކޮށްދެއްވާފައިވަނީ ކުންފުނީގެ ސީއޯއޯ ޔޫލިއާނާ ރުސޭއީއެވެ.
އެލައިޑް އިންޝުއަރަންސަކީ މިއަހަރުގެ ޓީޓީއެމްގެ އިންޝުއަރަންސް ޕާޓްނަރެވެ. އެލައިޑުން ފޯރުކޮށްދޭ އިންޝުއަރަންސް ސޮލިއުޝަންސްއާ ބެހޭ ގިނަގުނަ މައުލޫމާތުތައް އެގްޒިބިޓަރުންނާ ހިއްސާކޮށްފައިވާ ކަމަށް އެލައިޑުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު