ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި މަނާވާ ތާރީހު 2026 އަށް ފަސްކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި ގެޒެޓުގައި އާއްމުކުރި ގަރާރުގައިވާ ގޮތުގައި، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުންވެސް އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާ ވާނެ ކަމަށެވެ. ނަމަވެސް ބާޒާރަށް ނެރުން މަނާ ވާނީ 1 މާޗު 2026 އިން ފެށިގެން ކަމަށް އެ ގަރާރުގައިވެއެވެ.
އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ފެން ވިއްކުން މަނާ ކުރަން ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ، އެ ތާރީހު މިއަދަށް ބަދަލުކުރައްވައިފައެވެ. އެހެންކަމުން މިއީ، އެ ތާރީހު ފަސްކުރި ދެވަނަ ފަހަރެވެ.
ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު