ރާއްޖޭގައި ބޭނުން ކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މައުލޫމާތު އެއްކުރުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މައުލޫމާތާއި ވިޔަފާރި އުސޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯ ޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުން ކަމަށެވެ.
އަދި، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ތަކެތި އުފައްދާ ފަރާތްތަކުން 15 އޯގަސްޓުގެ ކުރިން https://trade.gov.mv/en/producers-registry-form މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު