ނައިޖީރިއާ ސްކޫލެއްގައި ޓެސްޓުހަދަން ތިބި އިމާރާތެއް ވެއްޓި 21 މީހަކު މަރުވެއްޖެއެވެ.
މެދުތެރޭ ނައިޖީރިއާގެ ޖޮސް އެންޑް ސޯ ސިޓީގައި ހުންނަ ސްކޫލުގެ އިމާރާތް ވެއްޓުމުގެ މި ހާދިސާގައި 30 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ނައިޖީރިއާގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ އޮފިޝަލަކު ވަނީ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ގިނައިން މަރުވެފައިވަނީ ޓެސްޓު ހަދަން ތިބި ދަރިވަރުން ކަމަށާއި އެ ދަރިވަރުންގެ އަދަދު އަދި ސާފު ނުވާ ކަމަށް ބުނެފައެވެ.
ހާދިސާ ހިނގި ވަގުތު އެ އިމާރާތް ތެރޭ 120 މީހަކު ތާށިވެފައި ތިބިކަމަށް އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ނައިޖީރިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެ އިމާރާތް ބާވެފައި ހުރުމުގެ ސަބަބުން ކަމަށާއި އިމާރާތް ހުރީ ކޯރެއް ހިމެނޭ ސަރަހައްދެއްގައި ކަމުން އެ ސަރަހައްދަކީ އެފަދަ އިމާރާތެއް ހުރުމަށް ރައްކާތެރި ސަރަހައްދެއް ނޫން ކަމަށެވެ.
އެ ބަޔާނުގައި ވަނީ އެފަދަ އެހެން އިމާރާތްތައް ހޯދައި ސަރުކާރުން ފިޔަވަޅު އަޅާނެކަމަށް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ