ފްލައިދުބާއީގެ ފުލައިޓެއްގައި މީހަކު މަރުވުމުން އިމަޖެންސީގައި ޖައްސައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދުބާއީ އިން ކޮލަމްބޯއަށް ދަތުރުކުރަމުންދިޔަ ފްލައިދުބާއީގެ ފުލައިޓުގެ ތެރޭގައި ސިއްހީ މައްސަލައެއް ދިމާވެ މަރުވެފައިވަނީ ލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާ ހިނގުމާއެކު ފުލައިޓުގެ ކެޕްޓަން ވަނީ އެންމެ ކައިރީގައި އޮތް ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓަށް އެ ފުލައިޓު އިމަޖެންސީކޮށް ޖެއްސުމުގެ ހުއްދަ ހޯދައިފައެވެ.

ފުލައިޓު ޖެއްސުމާއެކު ލަންކާގެ އުމުރުން 57 އަހަރުގެ އެ އަންހެން މީހާ ބޭލުމަށްފަހު ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑޮކްޓަރުން ބެލުމަށްފަހު ނިންމާފައިވަނީ އެ މީހާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

ޕާކިސްތާނަށް އިމަޖެންސީގައި ޖެއްސި ނަމަވެސް ފުލައިޓު އަލުން ލަންކާއަށް ދަތުރުކޮށްފައިވަނީ މަރުވި އަންހެންމީހާވެސް ގޮވައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.