ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 19 ޕަސެންޓް މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ ޒުވާނުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި ނެޝަނަލް ސްޓެޓިކްސް ބިއުރޯ އިން އާންމު ކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގެ އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީ އުޅެނީ 53,537 ގައެވެ. އޭގެ ތެރޭގައި ހިމެނެނީ 27،625 ފިރިހެނުންނާއި 25،912 އަންހެނުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ކޮންމެ ފަސް މީހަކުން ކުރެ އެކަކީ ވަޒީފާ އަދާ ނުކުރާ ޒުވާނެކެވެ. އެއީ 10،414 ޒުވާނުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ އަންހެނުންނެވެ. އެގޮތުން ވަޒީފާއަދާ ނުކުރާ 22 ޕަސެންޓް އަންހެނުން އުޅޭއިރު، ފިރިހެނުންގެ އެ ޕަސަންޓު އުޅެނީ 17 ގައެވެ.
ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ މިހާރު 515،132 އެވެ. އޭގެ ތެރެއިން ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ތިން ލައްކައަށް އަރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު