އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ނައްތާލުމަށް ސްޕޭސްއެކްސް އިން އުޅަނދެއް އުފައްދަން ނިންމައިފިއެވެ.

ނާސާއިން ވަނީ ދުނިޔޭގެ މައި ސްޕޭސް އިދާރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ މަސައްކަތް ހުއްޓާލައި އެ ސްޓޭޝަން ދުނިޔެއަށް ވައްޓާލުމަށް އެލަން މަސްކުގެ ސްޕޭސްއެކްސް އާއި އެކު އެއްބަސްވުމަކަށް އައިސްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ސްޕޭސްއެކްސް އިން އުޅަނދެއް އުފައްދައި އެމިޝަން ކާމިޔާބު ކުރުމަށް 843 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނާސާއިން ވަނީ އެއްބަސް ވެފައެވެ.

ނާސާއިން ވަނީ ސްޕޭސް އެކްސް އިން އުފައްސާ އުޅަނދު ބޭނުންކޮށްގެން 430 ޓަނުގެ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދުނިޔެއާއި ގާތަށް ގެނެސް ޕެސިފިކް ކަނޑަށް ވައްޓާލުމަށް ނިންމާފައެވެ.

އިންޖިނިއަރުން ވަނީ އެއީ ނުރައްކާތެރި އަދި އެކަމުގެ ސަބަބުން އިންސާނުން ދިރިއުޅޭ ސަރަހައްދަކަށް ގެއްލުން ވެދާނެ ކަމަށް ވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެމިޝަން ކުރިޔަށް ގެންދިއުމަށް ގިނަ ދިރާސާތަކެއް ފަށާފައެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަކީ އެމެރިކާ އާއި ރަޝިޔާ އިސްވެ އޮވެ ޔޫރަޕާއި ކެނެޑާގެ އިތުރުން ޖަޕާންގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ ބޮޑު ޕްރޮޖެކްޓެކެވެ.

1998 ވަނަ އަހަރު ލޯންޗުކޮށްފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ދުނިޔެވަށައި ބުރުޖަހަމުން ދެއެވެ. އިންސާނުންނާއި ގުޅުން ހުރި ގިނަ އަދަދެއްގެ ދިރާސާތަކާއި ގިނަ މަސައްކަތްތަކެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އިން ކޮށްފައިވާއިރު އެ އުޅަނދުގައި 2000 ވަނަ އަހަރުން ފެށިގެން އިންސާނުން އެކި މަސައްކަތުގައި ދިރިއުޅެމުން ދެއެވެ.