މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އިތުރުވެއްޖެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ކުއާޓަލީ ޖީޑީޕީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީޑީޕީއަކީ 27،363 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީޑީޕީއަށް ވުރެ 2،444 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީގެ ގޮތުގައި ލިބިފައިވަނީ 2،208 މިލިއަން ރުފިޔާއެވެ.
ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އިގުތިސޯދީ ދުވެލި ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 8.8 ޕަސަންޓުން ކުރިއަރައިފައެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އިގުތިސޯދީ ދުވެލި ވަނީ 9.8 ޕަސަންޓުން ކުރިއަރައިފައެވެ.
ރިޕޯޓުގައިވާ ގޮތުގައި ޖީޑީޕީގެ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެގޮތުން އެ ސިނާއަތުން ޖީޑީޕީގެ 2.3 ޕަސަންޓު ހިއްސާކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު