ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް ލިވިން އެކްސްޕޯ 2024 އަންނަ އޮގަސްޓް މަހު ބާއްވަން ނިންމައި، ޕާޓްނަރުންނާ އެކު ސޮއިކޮށްފިއެވެ.

މި އެކްސްޕޯއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކުގެ ހިދުމަތްތައް ދައްކާލައި، ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ޕީއާރު އަދި މާކެޓިން ކުންފުންޏެއް ކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ސޮއިކޮށްފައި ވަނީ އިންޑިއާގެ އެކްސްޕޯޓު އަދި ޓްރޭޑިންގައި މަޝްހޫރު މޯހަން މޫތާ އެކްސްޕޯޓްސްއެވެ. އެކުންފުންޏަކީ ކޮންސްޓްރަކްޝަން އަދި ހައުސިންގެ ސާމާނު ފުޅާ ދާއިރާއެއްގައި އެކްސްޕޯޓް ކުރާ ކުންފުންޏެކެވެ.

ކޯ ސްޕޮންސަރުންނަށް ސޮއިކޮށްފައި ވަނީ ރިއަލް ސްޓޭޓުގެ މަޝްހޫރު ޓާޓާ ހައުސިން އާއި ބޭފޭންސީ އަދި މަޝްހޫރު ފަރްނީޗާ ބްރޭންޑެއް ކަމަށްވާ ހައިއެންޑް ފާނީޗާއެވެ. މޯލްޑިވްސް ލިވިން އެކްސްޕޯގެ އިތުރު ސްޕޮންސަރުންނަކީ:

  • ހައުސިން ފައިނޭންސިން ޕާޓްނާ - އެޗްޑީއެފްސީ
  • ބިލްޑިން ސޮލިއުޝަންސް ޕާޓްނާ - ރެއިންބޯ ގްރޫޕް
  • ބާތުވެއާ އެންޑް ލައިޓިން ޕާޓްނާ - ޖަގުއާ ގްރޫޕް
  • އިންޓީރިއާ ޕާޓްނާ - ޕްރޮކްސީ ހޯމް
  • ބެޑިން ޕާޓްނާ - ޑިއުރޯފްލެކްސް ބައި ދަމާސް
  • ހޯމް އެޕްލިއަންސް ޕާޓްނާ - އެސްޓީއޯ
  • އެފިޝިއެންޓް ޕްރޮކިއުމަންޓް ޕާޓްނާ - އޮޕްރޯ މޯލްޑިވްސް
  • ޑިޖިޓަލް ޕާޓްނާ - އުރީދޫ މޯލްޑިވްސް
  • އިންޝުއަރެންސް ޕާޓްނާ - އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް
  • ކޭޓަރިން ޕާޓްނާ - ސޯސްޑް އަޕް ބައި ލޫސީސް
  • ބެވެރޭޖު ޕާޓްނާ - ކޮކާ ކޯލާ
  • ސައުންޑް އެންޑް ލައިޓް ޕާޓްނާ - މޯލްޑިވްސް މޫމެންޓްސް
  • ޕްރިންޓިން ޕާޓްނާ - ޕްރިންޓް ލެބް
  • ސެޓަޕް ޕާޓްނާ - އަސަރީ ސާވިސަސް
  • ސެކިއުރިޓީ ޕާޓްނާ - ގޭޖް

ލިވިން އެކްސްޕޯގެ 12 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު އަށަކުން އޯގަސްޓު 10 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ހައިރައިޒް އިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓްގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފެންނާނެ ގޮތް ހަދައި އެ ދާއިރާގެ ފުރުސަތުތައް އެއް ޕްލެޓްފޯމަކުން ދައްކައިދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ.