ނޭޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައި، އެ އެޖެންސީގެ ޗެއާމަންގެ މަގާމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޑީއޭގެ ބޯޑު އަލުން އެކުލަވާލުމަށް ފޮނުއްވި ސިޓީގައިވާ ގޮތުގައި، އަލަށް އެކުލަވާލި ބޯޑުގައި ހިމެނެނީ ޖުމުލަ 10 މެންބަރުންނެވެ. ލުބުނާ ބޯޑަށް އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓްރީ ތަމުސީލުކުރާ ފަރާތެެއްގެ ގޮތުގައެވެ.
- ޑެޕިއުޓީ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ (ރައީސް އޮފީސް)
- ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު (ހެލްތު މިނިސްޓްރީ)
- ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ރަޝީދު (ޔޫތު މިނިސްޓްރީ)
- ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒާ (އެޑިއުކޭޝަން މިނިސްޓްރީ)
- ލެފްޓަނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ (އެމްއެންޑީއެފް)
- ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު (ޕޮލިސް)
- ޑެޕިއުޓީ ޗީފް ސުޕްރިންޑެންޓު އަހުމަދު ސިމާހު (ކަސްޓަމްސް)
- ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސީނީޒު އަލީ (އިމިގްރޭޝަން)
- އަހުމަދު އަބްދުއްސައްތާރު (މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖާނީ ޖަމިއްޔާ)
މީގެ ކުރިން އެންޑީއޭ އޮތީ ހެލްތު މިނިސްޓްރީގެ ދަށުގައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެންޑީއޭ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު