ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ދ. އަތޮޅު ކަނޑިންމައިގައި "ދަ ކޮރަލް ރެސިޑެންސް"ގެ ނަމުގައި ރެސިޑެންޝަލް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ފަސް ތަރީގެ ކަނޑިންމަ މޯލްޑިވްސް ހިންގާ ދ. ކަނޑިންމައަކީ، އެ އަތޮޅުގައި އޮންނަ އެންމެ ބިން ބޮޑު ރަށެވެ. ރެސިޑެންޝަލް މަޝްރޫއު ހިންގަނީ މި ރަށުގެ އެންމެ އުތުރުން ތަރައްގީނުކޮށް އޮންނަ ބައިގައެވެ.
ޕަލްސް ހޮޓެލްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއު ކަމަށެވެ. އެގޮތުން، ކޮރަލް ރެސިޑެންސަސް އަކީ ފަސް ތަރީގެ ހިދުމަތް ލިބޭ ބީޗްފްރަންޓް ޕްރޮޕަޓީއެއް ކަމަށާއި އެ ތަނުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ޖުމްލަ 40 އެޕާޓްމަންޓު ހުންނާނެ ކަމަށް ބުންޏެވެ. އަދި ހުރިހާ އެޕާޓްމަންޓުތައްވެސް ފަރުމާ ކުރާނީ އެންމެ ޒަމާނީ އިންޓީރިއާތަކާއި އެޕްލަޔަންސްތަކާ އެކުގައި މޫދުވެސް ފެންނަ ގޮތަށް ކަމަށް ބުންޏެވެ.
މި ތަނުން ލިބޭ ޕްރިމިއަމް ފެސިލިޓީސްގެ ތެރޭގައި ޕްރައިވެޓް ބީޗްފްރަންޓް ޕޫލް، ގޯމޭ ރެސްޓޯރެންޓް އާއި ބާ، ފިޓްނަސް އާއި ރެކްރިއޭޝަން ފެސިލިޓީތައް އަދި 24 ގަޑިއިރު ކޮންސިއާޖް ހިދުމަތް ހިމެނެއެވެ. އެ ތަނުގައި ދިރިއުޅޭ މީހުންނަށް ކަނޑިންމަ މޯލްޑިވްސްގެ ރެސްޓޯރެންޓް، ބާ، ސްޕާ ރެކްރިއޭޝަން އަދި އެހެން ފެސިލީތަކަށް އެކްސެސް ލިބޭނެ ކަމަށްވެސް ޕަލްސް ހޮޓެލްސްއިން ބުންޏެވެ.
ކޮރަލް ރެސިޑެންސްގެ އެޕާޓްމަންޓުތައް "ސްޓްރާޓާ ޓައިޓަލް އޯނަޝޮޕް ޕްރޮގްރާމް" ގެ ދަށުން އަމިއްލަ ކުރެވޭނެއެވެ.
ދަ ކޮރަލް ރެސިޑެންސަސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ އިރު، ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު