މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރަކު ޓީބީ އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ޓީބީއަށް ޕޮޒިޓިވްވި ކުއްޖާ ހިމެނޭ ކްލާހުގެ ދަރިވަރުން ގެންދަނީ ޓީބީއަށް ޓެސްޓުކުރަމުންނެވެ.

ރާއްޖެ އަކީ މަދުން ނަމަވެސް ޓީބީ ފެންނަ ގައުމެކެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރަކު 150 އާއި 200 އާ މީހުންނަށް ޓީބީ ޖެހެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރާ ހަމައަށް ރާއްޖެއިން ޓީބީ ނައްތާލުމެވެ.