މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާ-ކޯލާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފިއެވެ.
ޖަރުމަންގައި މި މަހުގެ 14 އިން ޖުލައި 14 އަށް ބާއްވާ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތް، ޔޫރޯއާ ދިމާކޮށް ކޮކާ-ކޯލާ އިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ހޮވޭ ނަސީބުވެރިންނަށް ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައި، އިއުލާންކުރީ އައިސް ޓީވީ އިން ވަގުތުން ދެއްކި ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ސްމާޓްފޯން ލިބޭ ހަތަރު ނަސީބުވެރިން ވެސް ވަނީ ހޮވައިފައެވެ.
ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބުނު ނަސީބުވެރިންނަކީ:
- އާމިނަތު ޝަހީމާ
- އަހުމަދު ނަސީމް
ޔޫރޯއާ ދިމާކޮށް ކޮކާ-ކޯލާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާ-ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626'އަށް އެސްއެމްއެސް ކުރުމުންނެވެ. ޕްރޮމޯޝަންގައި އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
މި އަހަރުގެ މެއި އެކަކުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ޔޫރޯގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު، ހަ ނަސީބުވެރިންނަށް ލިބޭނެ އެވެ. އަދި ކޮންމެ ދެ ދުވަހުން އެއް ދުވަހު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
ކޮކާ-ކޯލާ އިން ބުނީ، ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާ ވަރަކަށް މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ ކަމަށެވެ.
ކޮކާ-ކޯލާ އަކީ ޔޫރޯގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 އިން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ-ކޯލާ އިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު