ރާއްޖެ އިން އާންމުކޮށް ނަގައި އެކްސްޕޯޓް ކުރާ ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރަށް އެކްސްޕޯޓް ކުރުން ފިޝަރީޒް މިނިސްޓްރީން މަނާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާގައި ހުއިފިލަނޑާގެ ދެ ބާވަތެއް ކަމަށްވާ ކައްޗަލައާއި އަލަނާސި އިތުރުކޮށްފައިވާތީ، މި މަހުން ފެށިގެން ވަގުތީ ގޮތުން އެ ދެ ބާވަތް ރާއްޖެއިން ބޭރުކުރުން މަނާކޮށްފައިވާ ކަމަށެވެ.
ސައިޓީސް މުއާހަދާގައި ހިމަނަނީ އެކި ބޭނުންތަކަށް ނަގައި ވިޔަފާރީގެ ގޮތުގައި ބޭރުކުރާ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ފަދަ ދިރޭ ތަކެއްޗެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖެއިން ބޭރުކުރާ ބާވަތްތަކުގެ ހުއިފިލަނޑާގެ މައުލޫމާތު ސާފުކޮށް އެނގެން ނެތް ކަމަށާއި އެހެންކަމުން ރާއްޖެ އިން ގިނައިން ނުވަތަ މަދުން ބޭރުކުރެވެނީ ކޮން ބާވަތެއްގެ ހުއިފިލަނޑައެއްކަން ސާފުނުވާ ކަމަށެވެ.
"މި ބާވަތްތައް މިހާތަނަށް ބޭރު ކުރެވުނުއިރުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން އެންމެ އަހަރެއްގެ ޑޭޓާ މި ހުރީ ސްޕީޝީޒް ވަކިން އެނގޭ ގޮތަށް ބޭރު ކުރެވިފައި...ވާހަކައަކީ އަޅުގަނޑުމެންނަށް ކުރިއެރުމެއް ނުލިބޭނެ ކަންތައްތައް މި ހުންނަނީ ރަނގަޅު ޑޭޓާ ލިބިގެން ނޫނީ،" ޝިޔާމް ވިދާޅުވިއެވެ
ޚަބަރު
ޚަބަރު
ޚަބަރު