އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަން އިން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހުނު ސިންގަޕޯ އެއާލައިންސްގެ ފްލައިޓުން ދަތުރުކުރި 20 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ޖުމުލަ 211 ފަސިންޖަރުންނާއި 18 ކުރޫންނާއެކު ދަތުރު ކުރަމުންދިޔަ ސިންގަޕޯ އެއާލައިންސްގެ 777-300 މަރުކާގެ ފްލައިޓް ކޮޅިގަނޑެއްގައި ޖެހުނީ މިދިޔަ ބުދަ ދުވަހުއެވެ. ކޮޅިގަނޑުގައި ޖެހުމުން އެ ފްލައިޓް ކުއްލި ގޮތަކަށް ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ޖެއްސިއެވެ.
އެ ހާދިސާގައި ފްލައިޓުން ދަތުރުކުރި އެކަކު ވަނީ މަރުވެފައެވެ. އޭނާ މަރުވީ ހާޓް އެޓޭކް ޖެހިގެންނެވެ. އަދި ފްލައިޓުން ދަތުރުކުރި 53 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުއިރު 23 މީހަކަށާއި ނުވަ ކުރޫއަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައެވެ.
އެ މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުގެ ތެރެއިން 20 މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. އަނިޔާވި ބައެއް މީހުންގެ އުނަގަނޑަށް އަނިޔާވެފައިވާއިރު، ބައެއް މީހުންނަށް ސިކުނޑީގެ އިތުރުން ބޮލުގެ ނާށިގަނޑަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފުރާނައަށް ނުރައްކާވަރުގެ އެއްވެސް ބަލި މީހެއް ނެތް ކަމަށް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ