ދިރިއުޅުމަށްޓަކައި ގއ. ކޮލަމާފުށިން 2006 ގައި ދޫކުރި ގޯތިތަކުގެ ތެރެއިން އިންފާރު ނުރާނާ ހުރި ގޯތިތައް އަތުލައިފިއެވެ.
ކޮލަމާފުށި ކައުންސިލުން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން، އެ ގޯއްޗެއް ވަކިކުރުމުގެ އިހުތިޔާރު ރަށު ކައުންސިލުތަކަށް ލިބިދީފައިވާ ކަމަށެވެ.
އެގޮތުން 2006 ގައި އެ ރަށުން ދޫކޮށްފައިވާ 25 ވަރަކަށް ގޯތީގެ ތެރެއިން އިންފާރު ނުރާނާ ހުރި ގޯތިތަކުގައި އިންފާރު ރާނައި ގޯތިތެރެއާއި ގޯތި ހިމެނޭ މަގުފަޅި ސާފުކުރުމަށް ތަކުރާރުކޮށް ކައުންސިލުން އެންގި ނަމަވެސް، އެކަމަށް އަލުކޮށްފައިނުވާ 12 ގޯއްޗެއް އަތުލަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ކޮލަމާފުށީގެ ކައުންސިލު މެންބަރު އައިމިނަތު އަބްދުއްﷲ "ވަން" މިއަދު ވިދާޅުވީ ރަށު މީހުންނަށް ލިބިފައިވާ ގޯތިތައް އަތުލާން ކައުންސިލުން ބޭނުން ނުވާ ކަމަށެވެ. އެހެންވެ އެ ގޯތިތައް އަތުލުމުގެ ކުރީން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން، ތަކުރާރުކޮށް ގޯތިތަކުގެ ވަށާފާރު ރޭނުމަށާއި ގޯތިތެރެއާއި ގޯތި ހިމެނޭ މަގުފަޅި ސާފުކުރަން އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އައިމިނަތު އިތުރަށް ވިދާޅުވީ އަތުލި ގޯތިތައް ރަށުގައި ދަތިހާލުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު