އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންްގެ މަަޖިލީހުގެ އިންތިހާބު ގައި މަނުކުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް އާއި ފިރިކަލުން އާދަމް ޝަފީގް ކާމިޔާބު ހޯއްދަވައިފިއެވެ.
މިއީ ކުރިއަށް އޮތް ވިހި ވަަނަ މަޖިލީހުން ފެނިގެންދާނެ ހަމަ އެކަނި ދެމަފިރިކަނބަލުންނެވެ.
ސަރުކާރުގެ ފުރިހަމަ ތާއީދާއެކު އަމިއްލަ ގޮތުން އަނާރާ އިންތިހާބުވެވަޑައިގެންނެވީ، ހުރާ ދާއިރާ އަށެވެ. އޭނާއަށް ލިބިލެއްވީ، 769 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، އަބްދުﷲ ވާރިސްއަށް ލިބިލެއްވީ 686 ވޯޓެވެ.
އަނާރާ ފުރަތަމަ މަސައްކަތް ކުރެއްވީ ޕީއެންސީގެ ޓިކެޓް ހޯއްދެވުމަށެވެ. ނަމަވެސް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އަމިއްލަ ގޮތުން ވާދަކުރެއްވީއެވެ.
އަނާރާގެ ފިރިކަލުން، ނައީމް ވާދަކުރެއްވީ މަކުނުދޫ ދާއިރާ އަށެވެ. އޭނާ ވަނީ އަނާރާ ކުރިން އުޅުއްވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ ވާދަކުރައްވައި 400 އަށް ވުރެ ގިނަ ވޯޓުން ކުރި ހޯއްދަވައިފައެވެ.
ނައީމްއަށް ލިބިލެއްވީ، 1،223 ވޯޓެވެ. އިމްރާނަށް ލިބިލެއްވީ، 821 ވޯޓެވެ.
ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ދެމަފިރިކަނބަލުންގެ ގޮތުގައި ތިއްބެވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ފިރިކަލުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
ޚަބަރު
ޚަބަރު
ޚަބަރު