މ. މުލީގެ އިހުތިސާސްގެ ތެރެއަށް އެ ރަށާ އިންވެގެން އޮންނަ ބޯހުރާ ހިމަނައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގައި ވަނީ ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާއަށް މަތި ކޮށްފައި ކަމަށެވެ.
ގަރާރުގައި ރައީސް ވިދާޅުވީ 2020 ވަނަ އަހަރު މާޗު މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ގަރާރަކުން ކަނޑައަޅައިފައިވާ ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސަށް ބަދަލު ގެންނަން ފެނިއްޖެ ކަމަށެވެ.
އެހެންކަމުން މުލަކު އަތޮޅު މުލީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސް، މުލަކުގެ އިހުތިސާސްގެ ތެރޭގައި ބޯހުރާ ހިމަނާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހުރާ އަކީ ރާޅާ އެޅުމަށް ރާއްޖޭގައި އެންމެ މަޝްހޫރު އެއް މަންޒިލެވެ. އެ ރަށުގައި ރިސޯޓެއް ހެދުމަށް ކުރީ ސަރުކާރުން ނިންމުމުން، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުން، އެ ރަށުގައި ރިސޯޓު ނުހެދުމަށް ކުރީ ސަރުކާރުން ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު