ރޯދަ މަހުގެ ކަރަންޓާއި ފެންބިލު، އާންމު މަސްތަކެކޭ އެއްވަރަށް ކެޕް ކުރަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިންމައިފިއެވެ.
ރޯދަ މަހުގެ ކަރަންޓާއި ފެން ބިލު އެހެން މަސްތަކެކޭ އެއްވަރަށް ކެޕް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަހުން ވިދާޅުވެފައެވެ.
ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީން ރޭ ދަންވަރު ކުރި އިއުލާނެއްގައި ބުނީ، ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މި މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބިލުކުރާ އިރު ކޮންމެ ޑޮމެސްޓިކް ކަރަންޓް އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ އާންމު މަހެއްގެ އެވްރެޖު މިންވަރު ބަލާފައިވާނީ، ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައި ކަމަށެވެ.
ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީން އިތުރަށް ބުނީ، ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާ އިރު މި އަހަރުގެ މާޗު މަހުގެ ބިލަށް އަރާ އަދަދާއި ރޯދަ މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވުރެޖު އަދަދު ބިލުން ފެންނަ ގޮތަށް ހިމަނަން އާންމު ހިދުމަތްތައް ދޭ ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު