މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ނަގާ ފަރުވާ މެދުނުކެނޑި ފުރިހަމަ ކުރެވޭނެ ގޮތަކަށް ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ މަސްތުވާތަކެތީގެ ފަރުވާގައި ހުއްޓައި އަލުން ޖަލަށް ގެންދިއުމުން ނަގަމުންދިޔަ ފަރުވާ ހުއްޓޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ހައްލެއް ގެނެވޭނެތޯ ރައީސްއާ ސުވާލެއް ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
އެގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކާ އެކީގައި ވާހަކަދައްކައިގެން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި، ފަރުވާގެ ކަންކަން ހަމަޖައްސައި، ފަރުވާ އެއްކޮށް ނިމޭނެ ގޮތެއް ހަމަޖައްސަން ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު