ދެހާސް ނަވާރަ ވަނަ އަހަރު ހޮންކޮންގައި ކުރި މުޒާހަރާގައި ބައިވެރިވި 12 މީހަކު ޖަލަށްލައިފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ހޮންކޮންގެ މަގުތަކުގައި ކުރިޔަށް ދިޔަ ބޮޑު މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ. އެ އަހަރުގެ ޖުލައި މަހު އެސިޓީގެ ގާނޫނު ހަދާ މަޖިލީހަށް، މުޒާހަރާ ކުރާ މީހުން ވަދެ ހިންގި ހަމަނުޖެހުންތަކުގެ ތަހުގީގު ނިމިފައިވާ އިރު 12 މީހުން ޖަލަށް ލުމުގެ އިތުރުން ދެ ނޫސްވެރިޔަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

ޖަލަށް ލީ މީހުންގެ ތެރޭގައި ހޮންކޮންގެ މަޝްހޫރު އެކްޓަރު ގްރެގޯރީ ވޮންގްވެސް ހިމެނެއެވެ. އޭނާއަށް ކޯޓުން ވަނީ ހަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މުޒާހަރާގައި ބައިވެރިވި ހޮންކޮންގެ މަޝްހޫރު ދެ އެކްޓިވިސްޓުން ކަމަށްވާ ވެންޓަސް ލައު އަދި އޮވެން ޗައޮ ވެސް ޖަލަށް ލުމަށް ހުކޮމްކޮށްފައިވެއެވެ.

މީގެ އިތުރުން ދެ ނޫސްވެރިން ޖޫރިމަނާކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ގާނޫނު ހަދާ މަޖިލީހަށް މުޒާހަރާގެ ބައިވެރިންނާ އެކީ ވަތް މައްސަލައިގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ހޮންކޮންގުގައި ބޮޑު މުޒާހަރާއެއް ފެށީ، އެސިޓީގެ ސަރުކާރުން ނިންމާ ކަންކަމާ ދެކޮޅު ހެދުމުގެ އިތުރުން ގާނޫނާ ހިލާފު އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށް ބުނެއެވެ.