ހޫތިން ކާގޯ ބޯޓަށް ދިން ހަމަލާގައި ތިން މީހަކު މަރުވެފައިވާކަމަށް ބުނެފިއެވެ.
ޔަމަނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރި އެ ކާގޯ ބޯޓަށް ހަމަލާ ދިނުމާއެކު ބޯޓުގައި އަލިފާން ރޯވެފައިވާކަމަށާއި ފަޅުވެރިން ބޯޓު ދޫކޮށް ފައިބައިފައިވާކަމަށް ރިޕޯޓުތަކުން ބުނާއިރު ފަޅުވެރީންގެ ތެރެއިން ތިން މީހަކު މަރުވެފައިވާކަމަށް އެ ބޯޓުގެ ވެރިފަރާތާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފިލިޕީންސަށް ނިސްބަތްވާ ދެ މީހަކާއި ވިއެޓްނާމް މީހެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ބާބަޑޯސް އަށް ނިސްބަތްވާ ''ޓްރޫ ޗޮންފިޑެންސް'' ނަމުން ނަންދީފައިވާ އެބޯޓަށް ހޫތިން ހަމަލާދީފައިވަނީ އެބޯޓާއި އެމެރިކާއާ ގުޅުމެއް އޮތް ކަމަށް ބުނެއެވެ. ބޯޓަށް ދިން ހަމަލާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބޯޓު ވަނީ ކަނޑުމައްޗަށް ދޫކޮށްލާފައެވެ.
އޮފިޝަލުން ވަނީ ހޫތީން ހަމަލާ ދީފައިވަނީ ލައިބީރިއާއަށް ނިސްބަތްވާ ބޯޓަކަށް ކަމަށް ބުނެފައެވެ. އެބޯޓުން ދަތުރުކޮށްފައިވަނީ 20 ފަޅުވެރިން ކަމަށާއި އޭގެތެރޭގައި ހިމެނެނީ ފިލިޕީންސަށް ނިސްބަތްވާ 15 މީހުންނާއި އިންޑިއާ މީހެއްގެ އިތުރުން ވިއެޓްނާމް 4 މީހުންނެވެ.
ހޫތިންގެ ހަމަލާއަށް ގިނަ އިރުތަކެއް ނުވެ އެމެރިކާއިން ވަނީ ބަދަލު ހިފުމުގެ ހަމަލާއެއް ޔަމަނަށް ދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ