ހދ. ނެއްލައިދޫން (ޢަލީ ޔާމީން، ވަން އޮންލައިން)
ހެޔޮވެރިކަމެއް ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެހެން ބޭފުޅުންނަށް ނަމޫނާއެއް ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ފާއިތުވި ބައިގަރުނުގެ ތެރޭގައިވެސް އޮފީސް ހިންގުމަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް ރަށްރަށްވެސް އެބަހުރި ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުން ގާތަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ހެޔޮވެރިކަމެއްގައި ފެންނަ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.
"ރަނގަޅު ގޮތުގައި، ހެޔޮ ގޮތުގައި ވެރިކަމެއް ކުރެއްވުމަށް އެހެން ހުރިހާ ބޭފުޅުންވެސް ނަމޫނާއަކަށް ބަލަން ޖެހޭ ވެރިކަމެކޭ ރައީސުލްޖުމްހޫރިއްޔާ އެ ކުރައްވަނީ،" ރައީސް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ސަރުކާރެއް ކަމަށެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ސަރުކާރު ހިންގުމަށް މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާ ކަމަށާއި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައިވެސް ރައްޔިތުންނަށް ހެވެއް ލާބައެއް ލިބޭނެ ގޮތަށް ކަމެއް ކޮށްފާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު