ހއ. ވަށަފަރުން (ޢަލީ ޔާމީން، ވަން އޮންލައިން)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ހަވީރު ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ދަތުރުގެ ފަސް ވަނަ މަންޒިލެއްގެ ގޮތުން ރައީސް މި ރަށަށް މިއަދު ވަޑައިގަތުމުން އެ މަނިކުފާނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ. މި ރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބަނދަރު ސަރަހައްދަށް ނުކުމެވަޑައިގެން ހުންނެވިއެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް އެކި އުމުރުފުރާތަކުގެ މީހުން ބަނދަރު ސަރަހައްދަށް ޖަމާވެ ތިއްބެވެ. ރައީސަށް މަރުހަބާ ކިޔުމަށް އެއްވި މީހުންގެ ސަފު ބަނދަރު ސަރަހައްދުން ފެށިގެން ރަށުގެ ސްކޫލާ ހަމައަށް ދަމާލާފައި އޮތެވެ. އެއްވެ ތިބި މީހުންގެ މޫނުމަތީން ފެންނަނީ ހިނިތުންވުމެވެ. އަމިއްލަވަންތަކަމުގެ ޝުއޫރެވެ.
މި ރަށަކީ ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ރަށެވެ. ރައީސް ދެން ވަޑައިގަންނަވާނީ މިއަތޮޅު ބާރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު