ހޫތީން ހަމަލާދިން ކާގޯ ބޯޓުން ކަނޑަށް ތެޔޮ ފައިބަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ރަތް ކަނޑުން ދަތުރުކުރަމުންދިޔަ އިނގިރޭސިވިލާތަށް ނިސްބަތްވާ ކާގޯ ބޯޓަކަށް ހަމަލާދިނުމާއެކު އެބޯޓު ދޫކޮށް އޭގެ ފަޅުވެރިން ވަނީ ފައިބައި އެބޯޓު ކަނޑުމައްޗަށް ދޫކޮށްލާފައެވެ.
ހޫތީން ދިން ހަމަލާގެ ސަބަބުން ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު އަޑިޔަށް ދާކަމަށް މީގެ ކުރިން އެމެރިކާއިން ބުނެފައިވާއިރު އެމެރިކާއިން ހޮނިހިރު ދުވަހު ވަނީ އެބޯޓުން ކަނޑަށް ތެޔޮ ފައިބާކަމަށް ބުނެފައެވެ.
އެމެރިކާއިން ވަނީ އެބޯޓުން ފައިބަމުންދާ ތެޔޮ ބޯޓުން ފެށިގެން 18 މޭލާހަމައަށް ފެންނަ ކަމަށްވެސް ބުނެފައެވެ.
އެމްވީ ރޫބީމާ ނަމަކަށް ކިޔާ އެބޯޓު ދިޔައީ ޔަމަނަށް ދަތުރުކުރަމުންނެވެ. ހޫތީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލު އަރައި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ބޯޓު އެވަގުތު ދަތުރުކުރަމުންދިޔައީ 41،000 ޓަނުގެ ގަސް ކާނާ ބަރުކޮށްގެން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ދަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އަރަބި ކަނޑާއި ގަލްފުކަނޑުން ދަތުރުކުރާ ކާގޯ ބޯޓުތަކަށް ހަމަލާދެމުންނެވެ. ހޫތީންގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ވަނީ އެގައުމު އިސްވެއޮވެ ވާގިވެރި ގައުމުތައް ގުޅި ކޯލިޝަން ހަދައި ބޯޓުތައް ރައްކާތެރިކުރެވޭތޯ މަސައްކަތް ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ