ހއ. ތުރާކުނުން (ޢަލީ ޔާމީން، ވަން އޮންލައިން)
ރައީސުލްޖުމްހޫރިއްޔާ މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ހަވީރު ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި ރަށަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށެވެ.
ދަތުރުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސް މި ރަށަށް ވަޑައިގަތުމުން އެ މަނިކުފާނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ. އަދި ރައީސަށް މަރުހަބާ ލިޔުމަށް އެކި އުމުރުފުރާތަކުގެ މީހުން ބަނދަރު ސަރަހައްދަށް ޖަމާވެ ތިއްބެވެ.
ރައީސް ވަނީ މި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.
ރައީސް ދެން ވަޑައިގަންނަވާނީ މި އަތޮޅު އިހަވަންދުއަށެވެ. އެއަށް ފަހު މިރޭ ދިއްދޫއަށް ވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު