އއ ތޮއްޑޫގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ، ޒަހަމްކޮށްލާފައިވަނީ، ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ ރަޝިއާ މުވައްޒަފެއް ކަމަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ އިއްޔެ އިރުއޮއްސި 6:30 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 42 އަހަރުގެ އެ މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު