ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެލް (އާރުއޭސީއެލް)އަށް ބޭނުންވާ ނޭޝަންވައިޑް އެއާކާގޯ ދިރާސާ ހެދުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސި (އެމްއެންޔޫ)އާ ހާވަލުކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީގެ ކޮންފަރެންސް ހޯލުގައި މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އާރުއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
އާރުއޭސީއެލުން މިއަދު ބުނީ މުޅި ރާއްޖެ ހިމެނޭހެން އެ ދިރާސާ ކުރިއަށްގެންދާނީ ތިން ސަރަހައްދަށް ބަހާލައިގެން ކަމަށާއި ދިރާސާ ނިންމުމަށް ތާވަލުކުރެވިފައިވަނީ ހަތަ މަސް ދުވަހުން ކަމަށެވެ.
- ރައްޔިތުންގެ މެދުގައި އެއާކާގޯ މެދުވެރިކޮށް އަވަސްކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުން.
- ވިޔަފާރިތަކުން އެއާކާގޯ މެދުވެރިކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުން.
- އެއާކާގޯ މެދުވެރިކޮށް މުދާ ފޮނުވުމަށްޓަކައި ދިމާވާ ދަތިތައް އަދި މިކަންކަން ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން.
- ކަނޑުމަގުން އެއާޕޯޓާއި އެހެން ރަށްތަކާއި ދޭތެރޭ ކާގޯ ގެންދިއުމަށް ހުރި ހުރަސްތައް ދެނެގަތުން.
- ރީޖަނަލް އެއާޕޯޓުތަކުގައި އެއާކާގޯގެ ހިދުމަތް ދިނުމަށްޓަކައި ވަސީލަތްތައް ހުރި މިންވަރު ދެނެގަތުން.
އާރުއޭސީއެލުން ބުނީ ބޭރުގެ ކުންފުންޏަކާ އެއްކޮށް ޑްރޯން މެދުވެރިކޮށް ކާގޯ އެއްތަނުން އަނެއްތަނަށް އުފުލުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަޝްވަރާތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު