ފްލައިޓުތެރެ ހޫނުވުމުން އިމަޖެންސީ ދޮރު ހުޅުވައި ފިޔަގަނޑުމައްޗަށް އަރައިފިއެވެ.
މެކްސިކޯގެ ގުއަޓެމަލާ ސިޓީގައި ނުފުރި ލަސްވެފައި އޮތް އެއިރޯމެކްސިކޯ ފްލައިޓެއްގައި ދަތުރުކުރި މީހަކު ވަނީ އެ ފްލައިޓުގެ އިމަޖެންސީ ދޮރު ހުޅުވައި ފިޔަގަންޑުމައްޗަށް އަރާފައެވެ.
މެކްސިކޯ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލަކު ވަނީ އެ ހާދިސާގެ ސަބަބުން އެއްވެސް އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައި ނުވާކަމަށް ބުނެފައެވެ. އޮފިޝަލު ވަނީ ހާދިސާ ހިނގުމާއެކު ފުލުހުންގެ އެހީގައި އެމީހާ ބޯޓުން ބާލައި ހައްޔަރުކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އެމީހާ ފްލައިޓުގެ އިމަޖެންސީ ދޮރު ހުޅުވައި ފިޔަގަނޑު މައްޗަށް އަރާފައި ވަނީ ފްލައިޓުގައި ތިބި އެހެން މީހުންގެ ވެސް ސަޕޯޓާއި އެކުކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އެމީހާ އެކަން ކޮށްފައިވަނީ ފްލައިޓު ޑިލޭވެ ގިނައިރުވުމުގެ އިތުރުން ފްލައިޓުތެރެ ހޫނުވުމުގެ ސަބަބުން ކަމަށް ބުނެފައެވެ. އޭނާ އެތައް އިރަކު އެދުމުންވެސް އޭނާއަށް ފެން ނުލިބުމުގެ ސަބަބުން ދޮރު ހުޅުވީ ކަމަށް އޮފިޝަލުން ބުނެއެވެ.
ފްްލައިޓުން ދަތުރުކުރި ބައެއް ފަސިންޖަރުންނާ ހަވާލާދީ ނޫސްތަކުން ވަނީ އެމީހާ އެކުރި ކަމުގެ ސަބަބުން ފްލައިޓުގައި ތިބި އެންމެންނަށް ފަސޭހަވެގެން ގޮސްފައިވާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ