އެއާ ކެނަޑާގެ ފްލައިޓެއްގެ ދޮރު ހުޅުވައިގެން ފަސެންޖަރަކު ފުންމާލައިފިއެވެ.
ކެނަޑާކެ ޓޮރޮންޓޯ އިން ދުބާއީއަށް ދަތުރުކުރި އެއާ ކެނަޑާ ފްލައިޓު އޭސީ056 ފްލައިޓު ޓޮރޮންޓޯ އެއާޕޯޓުން ފުރަން ތައްޔާރުވެފައި ވަނިކޮށް އެއިން ދަތުރު ކުރާ ފަސެންޖަރަކު ވަނީ ފްލައިޓުގެ ދޮރު ހުޅުވައި ފުންމާލާފައެވެ. އެމީހާ ފުންމާލާފައި ވަނީ 20 ފޫޓު އުސްމިނުން ކަމަށް އޮފިޝަލުން ބުނެއެވެ.
ކެނެޑާ ފުލައިޓުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ އެ ފަސެންޖަރު ފްލައިޓަށް އެރުމަށްފަހު ފުންމާލި ނަމަވެސް އެކަމުގެ އިތުރު މައުލޫމާތު އެއެއާލައިނުން ދީފައި ނުވާކަމަށް ރިޕޯޓު ކޮށްފައެވެ.
ފުލުހުން ބުނީ އެމީހާ ފުންމާލުމާއެކު އެތަނަށް އިމަޖެންސީގައި ހަރަކާތްތެރިވާ ފަރާތްތަކުން ގޮސް އެމީހާއަށް ވަގުތުން ސިއްހީ ފަރުވާދީފައިވާކަމަށެވެ.
ފްލައިޓުން މީހަކު ފުންމާލި މައްސަލައިގެ ތަހުގީގު ފަށާފައިވާއިރު އެއާ ކެނެޑާއިން ވަނީ އެ ހާދިސާއާ ގުޅިގެން ހަ ގަޑިއިރަށް ފްލައިޓު ޑިލޭ ވެފައިވާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ