އާ އާހަރު ފަށަން "ދިވެހިންގެ ރާއްޖެ ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބާއްވަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.
އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ އާ އަހަރު ފަށަން އާންމުކޮށް ބާއްވަނީ ޝޯއެއް ނަމަވެސް މި އަހަރު ބާއްވާނީ ފެސްޓިވަލެއް ކަމަށެވެ. ފެސްޓިވަލްގައި މިއުޒިކް ޝޯއަކާއި ލޭޒާ ޝޯއެއް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އަދި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި އާއިލާތައް އެކުގައި އާ އަހަރު ފާހަގަކުރުމަށް އާއިލީ ހަވީރެއްވެސް ރާވާފައިވާ ކަމަށާއި އެ ހަވީރު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު ކަމަށްވެސް ވިދާޅުވިއެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިންނާއި ދިވެހި އާޓިސްޓުން އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި އިބްރާހިމް ވަހީދު ވިދާޅުވީ މިއުޒިކް ޝޯގައި ފެނިގެންދާނީ ދިވެހި އާޓިސްޓުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޭރުގެ ފަންނާނުންނާއެކު މަސައްކަތް ނުކުރާނެ ކަމަށް ނުދަންނަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވެގެން މި ދިޔައީ މި ސަރުކާރުގެ "ދިވެހިންގެ ރާއްޖެ" ފެސްޓިވަލްގެ ފުރަތަމަ ފެސްޓިވަލް ވެގެންދާނީ ދިވެހި ފަންނާނުންނަށް ހާއްސަ ފެސްޓިވަލަކަށޭ،" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު