ވިލާ ކޮލެޖުގައި ނަފްސާނީ ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުވައިފިއެވެ.
ވިލާ ކޮލެޖުން އިއްޔެ ހުޅުވި ސެންޓަރަކީ، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖެއްގައި ގާއިމުކުރި އެފަދަ ފުރަތަމަ ސެންޓަރެވެ. އެ ސެންޓަރުގެ ނަމަކީ "ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓާ" އެވެ. އެ ސެންޓަރު ހުޅުއްވައިދެއްވީ، ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.
އެ ސެންޓަރުގެ ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 9:00 އަށެވެ.
ވީކެއާ ސެންޓަރުން ކުރި ދިރަސާއިން ދައްކާގޮތުގައި ދުނިޔޭގައި ކޮންމެ އަށް މީހަކުން އެކަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެކެވެ. ވީކެއާ ކައުންސެލިން އެންޑް ސައިކޮތެރަޕީ ސެންޓަރުން ގަބޫލުކުރާގޮތުގައި ހޯލިސްޓިކް މެންޓަލް ހެލްތު ކެއާ އެ ސެންޓަރުގެ ކްލިނިކްގައި މަސައްކަތްކުރާ ކޮންމެ ފަރުދަކުވެސް ހިފަހައްޓަނީ އޯގާތެރިކަމާއި ހަމްދަރުދީއާއި ވިސްނުންތެރިކަމާއެކުގައެވެ.
ވިލާ ކޮލެޖުން ބުނީ އެ ސެންޓަރުން ސައިކޯ ސޯޝަލް ސަޕޯޓް، ކައުންސެލިން، ސައިކޮތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ވިލާ ކޮލެޖުގައި ބެޗެލާސް އިން ސައިކޮލޮޖީ އަދި މާސްޓާސް އޮފް ސައިންސް (ކައުންސެލިން) ހަދަމުން އަންނަ ދަރިވަރުންނަށް އެކަޑަމިކް އަދި ޕްރޮފެޝަނަލް ތަޖުރިބާގެ ގޮތުގައި އެ ސެންޓަރުން އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެ ސެންޓަރަށް ޒިޔާތަރްކޮށް ފަރުވާ ހޯދަންޖެހޭ ސަބަބުގެ ތެރޭގައި އޯގާތެރި ފަރުވާތެރިކަން ލިބުމާއި، ފަންނީ ބޭފުޅުންގެ ތަޖުރިބާކާރު އަދި އިލްމީ ޓީމެއް އެ ސެންޓަރުގައި މަސައްކަތްކުރުމާއި، ބަލިމީހުންދޭ ތަފްސީލަށް ސަމާލުކަން ދިނުމާއިމ ކްލަޔަންޓްގެ ހިތްހަމަޖެހުމަށް އަހައްމިއްޔަތުކަން ދިނުމާއި، ތަފާތު ތެރަޕިއުޓިކް ހިދުމަތްތައް ފޯރުކޮށްދިނުމާއި އަދި ވާދަވެރި އަގެއްގައި އެ ސެންޓަރުގެ އަގުތައް ހުރުން ހިމެނޭ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު