އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ، އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި އެ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ނިންމާފައިވާ ކަމަށާއި ކައިވެނިކޮށްދޭ ގަޑިތަކަކީ ރަސްމީ ދުވަސްތަކުގައި ހެނދުނުން ފެށިގެން ރޭގަނޑު 9:00އާ ހަމައަށް ކަމަށެވެ.
އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 9:00އާ ހަމައަށެވެ. ނަމަވެސް ރިސޯޓު ނުވަތަ ސަފާރީތަކުގައި ކައިވެނިކޮށް ދޭނެ ވަގުތު ކަނޑައަޅާނީ ކައިވެނިކުރުމަށް އެދި ހުށަހަޅާ ފަރާތުން އެކަމަށް ހުށަހެޅުމުން ކަމަށް އެ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ބުނީ، ރޯދަ މަސް އަދި ޝައްވާލު މަހުގެ ފުރަތަމަ ހަފުތާގައި ކައިވެނިކޮށްދޭނެ ވަގުތުތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ބައެއް އަހަރުތަކުގައި ރަސްމީ ބަންދު ދުވަސްތަކުގެ ތެރެއިން ބައެއް ދުވަސްތަކުގައި ކައިވެނި ނުކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ނިންމައެވެ. އެގޮތުން އެ ކޯޓުން މިއަހަރުގެ އަލްހާ އީދާ ގުޅިގެން ބައެއް ދުވަސްތަކުގައި ކައިވެނިކޮށްދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު