ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަށް ދަތުރުކުރާ ހުރިހާ ބޯޓަކަށް ހަމަލާދޭނެ ކަމަށް ހޫތީން އިންޒާރު ދީފިއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ތަރުޖަމާނު ވަނީ ރަތް ކަނޑުން ދަތުރުކުރާ ހުރިހާ ބޯޓުތަކަށް އިންޒާރު ދީފައެވެ. އެގޮތުން އެ ކަނޑު ހުރަސްކޮށް އިސްރާއީލަށް ދަތުރުކުރާ ބޯޓުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައިވެއެވެ.
ހޫތީންގެ ތަރުޖަމާނު ވަނީ ގާޒާއަށް ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އެތެރެނުކުރެވޭ ނަމަ، އިސްރާއީލަށް ދަތުރުކުރާ ކޮންމެ ގައުމެއްގެ ބޯޓެއް ވިޔަސް ހޫތީންގެ ހަމަލާ އަމާޒުކުރާނެ ކަމަށް ބުނެފައެވެ.
ހޫތީން ވަނީ ދާދިފަހުން ރަތް ކަނޑާއި ގަލްފު ގުޅޭ ސަރަހައްދުތަކުން ދަތުރުކުރާ އިސްރާއީލަށް ނިސްބަތްވާ ބޯޓުތަކަށް ހަމަލާތަކެއް ދީފައެވެ.
ގަލްފް ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ މަަނަވަރުތަކަށްވެސް ހޫތީންގެ ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ. އެގޮތުން އެމެރިކާގެ މަނަވަރުތަކުންވެސް ހޫތީންގެ ހަމަލާތައް ހުއްޓުވުމަށް ވަނީ ދިފާއުގައި ހަމަލާދޭން ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ