ސީޝެލްސްގައި އެއްޗެއް ގޮވުމުގެ ހާދިސާއާ ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
އިއްޔެ ހިނގި އެ ހާދިސާގައި އެތައް ބަޔަކަށް އަނިޔާވުމާއެކު، ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލާވަން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިފައެވެ.
މިހާތަނަށް އެ ހާދިސާ ހިނގި ގޮތް ސާފުވެފައި ނުވާ އިރު، އެ ހާދިސާގައި މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު އޮފިޝަލުން ދީފައެއް ނުވެއެވެ.
ސީޝެލްސްގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއެކު އެގައުމުގެ ސްކޫލުތައް ބަންދު ކޮށްފައިވާ އިރު، ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ބޭރަށް ނުކުތުން ވެސް ވަނީ މަނާކޮށްފައެވެ.
ސީޝެލްސްއަށް ދާދިފަހުން ވަނީ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، ގޮވާފައިވަނީ ގޮވާޒާތުގެ މުދާ ރައްކާކޮށްފައި ހުރި ތަނެއްގައެވެ. އެތަނަކީ ވިއްސާރަވުމުގެ ސަބަބުން ވެސް ގެއްލުންތަކެއް ލިބިފައި ހުރި ތަނެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ