މައިކްރޯފައިނޭންސް ބޭންކެއް ގާއިމުކުރުމަށާއި ވަގުފު ޕްރޮގްރާމެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ރައީސް ޑރ. މުހައްމަދު އަލް ޖާސިރުއާ ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
އެ މަޝްވަރާ ބޭއްވެވީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށްދާ ކޮޕް28 ވަނަ ސެޝަންގެ ހަވާސާގައި، ރައީސް މުއިއްޒުގެ އަރިހަށް އައިޑީބީގެ ރައީސް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލު ކުރެއްވުމުގައި މައިކްރޯފައިނޭންސް ބޭންކެއް އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ އިތުރުން ވަގުފު ޕްރޮގްރާމެއް ހިންގުމަށާއި ޒަކާތު ހައުސް ބިނާކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު އިއުލާން ކުރެއްވި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރާ ގުޅޭ ގޮތުން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ތަފުސީލު އައިޑީބީގެ ރައީސްއާ ހިއްސާކުރެއްވި ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ހިންގާ މަޝްރޫއުތަކާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު